Ronaldo ge bahuge hamala eh Pelay ah

Go down

Ronaldo ge bahuge hamala eh Pelay ah

Post  kanbili on Tue Mar 18, 2008 8:14 pm

ބްރެޒިލްގެ ފޯވަޑް ރޮނާލްޑޯ ދެން އެނބުރި ދަނޑަށް ނުނުކުންނާނެ ކަމަށް ޕެލޭ ބުނުމުން ރޮނާލްޑޯ ޕެލޭ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.


ބްރެޒިލްގެ ކުރީގެ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕެލޭ ބުނެފައިވަނީ ރޮނާލްޑޯގެ އަސްލު ފެންވަރު ދެން ދުވަހަކުވެސް ނުފެންނާނެ ކަމަށާ ދެން ރޮނާލްޑޯ 100 ޕަސެންޓް ފިޓުވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.


މި ސީޒަންގައިވެސް އެންމެ ދެ ތިން މެޗެއް ކުޅެފައި އަނެއްކާވެސް ބޮޑު އަނިޔާއެއް ތަހައްމަލް ކުރަމުންދާ ރޮނާލްޑޯ ބުނީ ޕެލޭ އަކީ ދުވަހަކުވެސް މުސްތަގުބަލުގައި ވާނެ ކަަމަށް ދައްކާ ވާހަކަ ދިމާވާ މީހެއް ނޫން ކަމަށެވެ.


ޕެލޭ ބުނާ ބަހުގެ އިދިކޮޅު އަބަދުވެސް މި ސީދާ ވަނީ , އެހެންވެ އަހަންނާއި މެދު އޭނާ އެހެން ބުނުމުން އަހަރެން މި ހުންނަނީ އުފަލުން ރޮނާލްޑޯ ބުންޏެވެ.


ރޮނާލްޑޯ ބުނީ ޕެލޭ އަކީ ވަރަށް ވަރުގަދަ ޝަހްސިއްޔަތެއް ކަމަށާއި އެހެންވެ އޭނާ އާއި މެދު މާގިނަ ވާހަކަ ދައްކަން އޭނާ ބޭނުން ނޫން ކަމަށެވެ. --ގޯލް

kanbili
Admin

Posts : 66
Join date : 2007-11-04

View user profile

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum