kulli Khabaru: 04kg ge masthuvaa thakethi athulaifi

Go down

kulli Khabaru: 04kg ge masthuvaa thakethi athulaifi

Post  freeze on Fri Mar 14, 2008 5:51 pm

ރޭ ދަންވަރު އެމިރޭޓްސް ފްލައިޓުން މާލެއައި ސްރީލަންކާ ދެ މީހަކު ހަތަރު ކިލޯ މަސްތުވާތަކެއްޗާ އެކު އަތުލައިގެންފި އެވެ.

މި ދެ މީހުން މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ ފޮށީގައި ދެ ފޫއަޅައިގެން ނެވެ.

އެމީހުން ގެނައި ފޮށިތަކުގެ ތެއިން އެއް ފޮށީގައި ވަނީ ދެފޫ އަޅާފައި. އޭގެތެރޭގައި ވަނީ ހަތަރު ޕަކެޓަކަށް ބަންދުކޮށްފައިވާ 4 ކިލޯ ހެރޮއިން. އެއަރޕޯޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ކަސްޓަމްސްގެ އިސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށް, މިހާރު އިސްތިއުފާ ސިޓީ ހުށަހެޅުއްވުމަށްފަހު, ގޭގައި މަޑުކޮށްފައިވާ ބޭފުޅަކަށް ލިބުނު މައުލޫމާތުގެ އަލީގައި އޭނާ އެއަރ ޕޯޓަށް ގޮހެވެ.

ފުލުހުން ބުނީ މިމައްސަލަ އާ ގުޅުންހުރި ދިވެއްސަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ މި ދެ މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ދުރާލާ ޕްލޭންކޮށްފައިވާ ކަމަށާއި އެމީހުން ޕާކިސްތާނަށް ގޮސްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިއަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކު ވަނީ އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. މި މައްސަލާގައި ނުވަ ދިވެއްސެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވެ އެވެ.

source: jazeera.com.mv

freeze

Posts : 21
Join date : 2008-02-27

View user profile

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum