Ishaaru maraa gulhigen hoadha meehaku fenihjje

Go down

Ishaaru maraa gulhigen hoadha meehaku fenihjje

Post  freeze on Tue Mar 11, 2008 6:19 am

މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ވަޅިން ހަމަލާދީ މަރާލި ހ. ކުބްރާ, އަލީ އިޝާރު (ޗޯޓޭ) މަރުގެ މައްސަލާގައި ތަހުގީގަށް ބޭނުންވެގެން ހޯދާ ނުފެނިފައިވާ ތިން މީހުންގެ ތެރެއިން ހ. ހަންޑްރެޑް ފްލާވާސް, ހުސެއިން ރަޒީން (ރަބަރޭ), 21, ފުލުހުންނާއި އަމިއްލައަށް ހަވާލުވެއްޖެ އެވެ.


މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނީ އޭނާ އަމިއްލައަށް އައިސް ފުލުހުންނާއި ހަވާލުވެފައި ވަނީ މިރޭ, 8.30 ހާއިރު ކަމަށާއި މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.


މީގެ ދެތިން ރޭ ކުރިންވެސް ރަބަރޭ ހޯދުމަށް އެމީހުންގެ ހިމެނޭ ސަރަހައްދުގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފަ އެވެ.


ފުލުހުން ބުނީ މިމައްސަލާގައި ހިމެނޭ އަނެއް ދެމީހުން ކަމުގައިވާ ގދ. ގައްދޫ, ތިންފިޔަ, މުހައްމަދު އަހުސަން (އަހޫ), 24, އާއި ހއ. ހޯރަފުށީ ރަހުމާނީ ހިޔާ, ޝިފާއުﷲ އަބްދުލް ވާހިދު (ޝިފާ), 25, އަދި މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.


ހަދީބީމަގުގައި ވުޑް އެޕަލް ރެސްޓޯރަންޓް ކައިރީގައި ހިންގި މާރާމާރީގައި އިޝާރު މަރާލި މައްސަލައިގެ ތުހުމަތުގައި ހޯދާ ތިން މީހުން އިންޓަޕޯލް މެދުވެރިކޮށް ހޯދުމަށް ރެޑްނޯޓިސް ނެރެދިނުމަށް ކޯޓު އަމުރަކަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް ފުލުހުން ހުށަހަޅާފައި ވެއެވެ.


އިޝާރު މަރާއިގުޅިގެން ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދާ މީހުންވެސް ދަނީ މީހަކަށް ފަހު މީހެއް އަމިއްލައަށް އައިސް ފުލުހުންނާއި ހަވާލުވަމުން ނެވެ.


މީގެ ކުރިންވެސް ފުލުހުން ބުނަމުން އަންނަނީ ފިލައިގެން އުޅޭ މީހުން ހޯދުމަށް ކެޑިނޭޅި މަސައްކަތް ކުރާނެ ކަމަށާއި އެމީހުންނަށް އޮންނާނެ ހަމައެކަނި ގޮތަކީ އަމިއްލަ ފުލުހުންނާއި ހަވާލުވުން ކަމަށެވެ
.

freeze

Posts : 21
Join date : 2008-02-27

View user profile

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum