jamuiyyaa thah ufedhen dhimaavi sababuthah

Go down

jamuiyyaa thah ufedhen dhimaavi sababuthah Empty jamuiyyaa thah ufedhen dhimaavi sababuthah

Post  freeze on Sun May 11, 2008 6:52 am

ކޮލަމާފުށީގައި މިހާތަނަށް ވަނީ 04 ޖަމްޢިއްޔާއެއް އުފެދިފައެވެ. އެންމެ ފުރަތަމަ އުފެދުނީ ސްކައި ޖަމްޢިއްޔާއެވެ. ސްކައި ޖަމްޢިއްޔާ ވުޖޫދަށް ގެނުވުމާއި އެކު ރަށުގެ ތަރައްޤީއަށް އެކިއެކި މަސައްކަތްތައް ޙަލުވިކަމާއި އެކު ދިޔައީ ކުރަމުންނެވެ. ރާއްޖޭގެ މަޝްހޫރުކަމާއި ރަށުގެ ރައްޔިތުންގެ ރުހުން އެންމެ ފުންމިނަށް މިޖަމްއިއްޔާއިން ޙާޞިލު ކުރިއެވެ. އެހެން ނަމަވެސް މާކަ ގިނަ ދުވަހެއް ނުވަނީސް މިމަޝްހޫރުކަމާއި ރަށުގެ ތަރައްޤީއަށް ކުރަމުން އައި މަސައްކަތްތަކަށް ހުއްޓުމެއް އައިސް ޖަމްއިއްޔާގެ އަޑު މުޅިން ކެނޑިގެން ދިޔައެވެ.
ކަންމިހެން އޮތުމާއި އެކު ރަށުގެ ޒުވާނުންތަކެއް ބޭނުން ރަށުގެ ތަރައްޤީއަށް ބޭނުންވެފައި ހުރި ކަންތައްތަކާއި ރައްޔިތުންނަށް ތަރައްޤީގެ ރޮނގުގައި ކުރަން ގިނަ ކަންތައްތަކެއް ހުރުމާއި އެކު އެކަންތައްތައް ކުރުމަށެވެ.

މިގޮތުން ޒުވާނުންތަކެއް ބޭނުންވީ ފަނޑުވެފައި އޮތް ސްކައި ނަގައި ކޮޅަށް ޖަހައި ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށެވެ. އެހެންނަމެވެސް މިޖަމްޢިއްޔާގެ މުޢައްޞިސުން ބުނަމުން ދިޔައީ ބަޔަކު ބަނދެފައި މަހަށް ފުރަން ތައްޔާރުކޮށްފައި އޮތް ފައިބަރ ދޯންޏެއް އެހެން ބަޔެއްގެ އަތްމައްޗަށް ދޫނުކޮށްލާނެ ކަމަށެވެ. މިހެންކަމުން ޒުވާނުންތަކެއްގެ ހިތްމަތާއި މިންނަތުން އިތުރު ޖަމްޢިއްޔާއެއް މިވުޖޫދަށް ފެންމަތި ކުރުވިއެވެ. ކޮލަމާގެ ނަމުގައި ޖަމްޢިއްޔާއެއް ވުޖޫދަށް ގެނެސް މިވީހާތަނަށް އެކިއެކި ދާއިރާއިން ރަށުގެ ތަރައްޤީއަށް ތަފާތު މަސައްކަތްތަކެއް ކޮށް އަދި މިހާރުވެސް ގެންދަނީ މަސައްކަތްތައް ކުރަމުންނެވެ.

ކޮލަމާ ޖަމްޢިއްޔާ ރަށުގެ ރައްޔިތުންގެ ލޯތްބާއި ރުހުން ލިބިގެން ތަރައްޤީގެ އުސްމިންތަކަށް ވާޞިލުވަމުން ދަނިކޮށް ކޮލަމާ އާއި ދޭތެރޭ ރައްޔިތުންގެ ދެކޭގޮތް ބަދަލުކުރުމަށްޓަކައި ތަފާތު ފަންޑިތައް ހަދަމުންގޮސް ކޮލަމާގެ މަސައްކަތްތައް ، ކޮލަމާ ރޫޅާލުމުގެ މަޤްޞަދުގައި ކޮލަމާގެ ތެރޭގައި ތިބި ނުވިސްނޭ ނުކިޔވައި ތިބި 02 މެމްބަރަކު ވަނީ އެމީހުންގެ އަމިއްލަ އެދުމަށް ކޯމަސްގެ ނަމުގައި ޖަމްޢިއްޔާއެއް މިވުޖޫދަށް ގެނެސްފައެވެ. ހައެއްކަ މަސްފާއިތުވެގެން ދިޔައިރު ޙަރާމުން ޙަރާމް ރަށުގެ ތަރައްޤީއަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ.

ދެން އުފެދުނީ ވިމެންސް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ނަމުގައި އަންހެނުންގެ ޖަމްޢިއްޔާއެކެވެ. މިއީ ޢާއިލީ ކުންފުނި ސްކައިގެ ގޮތްޕެއް ކަމަށް ހަދައި ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ވެގެން ސިޔާސީ އުކުޅަކަށްޓަކައި މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ ނާއިބު އަލްފާޟިލާ ފާތިމަތު ޝީރީން ލަފާދެއްވައިގެން އެބޭފުޅާގެ ޢާއިލާގެ މެމްބަރުން ހިމަނައިގެން އުފެއްދި ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާ އުފެދިގެން ކޯމަސް ފަދައިން މިޖަމްޢިއްޔާ ހިމޭނަކުން އޮންނާކަށް ބޭނުމެއް ނުވިއެވެ. ތަރައްޤީގެ މަސައްކަތުގެ ކުލަވަރު ދަނީ ފެންނަމުންނެވެ
.

freeze

Posts : 21
Join date : 2008-02-27

View user profile

Back to top Go down

jamuiyyaa thah ufedhen dhimaavi sababuthah Empty Re: jamuiyyaa thah ufedhen dhimaavi sababuthah

Post  rocky on Tue May 13, 2008 7:36 pm

NEYGE MIHAARU MIVAAGOTHEH , JAMMIYYAAGE ACCOUNT GAIVAA FAISSAAIN FIHAARAYAH MUDHAA GATHUMAKYVES MIHAARU RASHUGE THARAQQY AH KURAA VARAH BODU HEYDHA AKAH MIHAARU VEFAI VANY .

rocky

Posts : 4
Join date : 2008-01-09

View user profile

Back to top Go down

jamuiyyaa thah ufedhen dhimaavi sababuthah Empty Re: jamuiyyaa thah ufedhen dhimaavi sababuthah

Post  rocky on Tue May 13, 2008 7:44 pm

KALEYMENNAH SKY AKAA NUKULHEVEYNE , DHENVES SKY AAI NUBEHI KOLAMAA JAMIYYAA AH LIBEY FAISAA IN THIN HIYALHUNGE FIHAARAYAH MUDHAA GANEVEYTHOA BALAABA .MULHI MALE' GA
THI AALAATHUN LAARI KAA VAAHAK , THEE THANKOLHEH BODUVARU ,, SKY JAMMIYYAA AH VURE GINA DHUVASVINAMA KOMME MEEHAKAH FIHAARAEH HULHUVAANE KAANNEYGE .

-POOJI-

rocky

Posts : 4
Join date : 2008-01-09

View user profile

Back to top Go down

jamuiyyaa thah ufedhen dhimaavi sababuthah Empty Re: jamuiyyaa thah ufedhen dhimaavi sababuthah

Post  kanbili on Wed May 14, 2008 6:10 am

ޖަމްޢިއްޔާ ތަކަށް ލިބިފައި ހުންނަ ލާރި ޖަމްޢިއްޔާ ތަކުގެ މެމްބަރުން ބޭނުންކުރާ ވާހަކަ އަކީ މިހާރަކު އިވޭ އަޑެއް ނޫނެވެ. މީގެ ކުރިން އަޅުގަނޑުމެން ކުޑައިރުވެސް އަޑު އަހަމުން އަންނަ ވާހަކައެކެވެ. އެހެން ނަމަވެސް ދަންނަވަންތޯ. އަޑު އިވޭ ކޮންމެ ވާހަކަ އަކީ އޭގައި ހަގީގަތް ހިމެނޭ ވާހަކަތަކެއް ނޫންކަންވެސް މިފަދަ ތަޢުލީމީ ޒަމާނެއްގައި އެނގެން ޖެހޭކަން ހާމަކޮށްލަމެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި ތަރައްޤީއަށް މަސައްކަތް ކުރާ އެއްވެސް ބަޔަކު އެޖަމްޢިއްޔާތަކަށް ލިބޭ އެއްވެސް ފައިސާއެއްގެ ނާޖާއިޒް ފައިދާއެއް ނުނަގާނެއެވެ. މިއީ އަޅުގަނޑަށް ވިސްނޭ ގޮތް ފަހަރެއްގައި އެހެން ބަޔަކު ދެކޭގޮތް ތަފާތުވެދާނެއެވެ. ޖަމްޢިއްޔާތަކުގައި މަސައްކަތް ކުރާ ބަޔަކީ ސަރުކާރުގެ ވަޒީފާ ތަކާއި ޢާމްދަނީ ހޯދުމަށް އެހެނިހެން މަސައްކަތް ކުރާ ބަޔެކެވެ. އަދި ޖަމްޢިއްޔާތަކަށް ލިބޭ ފައިސާ އަކީ ކޮންމެ ކޮންމެ މީހެއްގެ އަތްމައްޗަށް އަރާނޭ ފައިސާތަކެއް ނޫނެވެ. އަދި ބޭންކް އެކައުންޓްތަކުން ކޮންމެ ކޮންމެ މީހަކަށް ފައިސާއެއްވެސް ނުނެގޭނެއެވެ. އަދި ދަންނަވަމެވެ. ޖަމްޢިއްޔާތަކަށް ލިބޭ ފައިސާ ބޭނުންކުރާނަމަ އެބަޔަކު ކުރަމުންދާ މަސައްކަތްތަކަށް ނުވަތަ ހިންގާ ޕްރޮޖެކްޓްތައް ހުއްޓޭނެކަން ޔަޤީނެވެ.

kanbili
Admin

Posts : 66
Join date : 2007-11-04

View user profile

Back to top Go down

jamuiyyaa thah ufedhen dhimaavi sababuthah Empty Re: jamuiyyaa thah ufedhen dhimaavi sababuthah

Post  Sponsored content


Sponsored content


Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum